WHAT PARENTS SAY ABOUT ELC'S ONLINE CLASSES

26th May 2020

"ކުރި އެރުން ލިބޭ. މައްސަލައަކަށް ވަނީ ގޭގައި ޕޭރެންޓް އޮފިިސް މަސައްކަތް ވެސް ކުރަމުންދާތީ ، ފިލާވަޅު ބައެއްފަހަރު އެ ނިންމަން އޮންނަ ދުވަހަކަށް ނުނިމިދާތީ. ކުއްޖާއަކީ އެކަމުގައި އިސްނަގައިގެން އުޅޭ ކުެއްޖަކަށް ނުވާތީ، ޕޭރެންޓްގެ ޒިންމާ ވަރަށް ބޮޑު. ނަމަވެސް ގޭގައި ބޭނުން ގަޑިއެއްގައި މަސައްކަތް ފުރިހަމަ ކޮށްލެވެޭތީ ފަސޭހަ. "

17th May 2020

"މިފަދަ ދަނޑިވަޅެއްގައި އޮންލައިންކޮށް އީއެލްސީ އިން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ކްލާސްތަކަކީ ދަރިވަރުންނަށް ވަރަށް ފައިދާހުރި ކްލާސް ތަކެއް. މީގެ ސަބަބުން ކުއްޖާގެ އިލްމު ކުރިއެރުމުގެ އިތުރުން އެކަނިވެރިކަން ފިލުވައިދީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އެހީތެރި ވެދޭ. ޝުކުރިއްޔާ. "

17th May 2020

"މި ނުރައްކާތެރި ހާލަތުގައިވެސް ތިޔަބޭފުޅުން އަޅުގަނޑުގެ ދަރިފުޅުގެ ތައުލީމަށް ތިދެއްވާ އެއްބާރުލުމަށް ވަރަށް އިހްލާސްތެރި ޝުކުރެއް ހައްޤުވެއެވެ. ތިޔަބޭފުޅުން ދެއްވާ ފިލާވަޅުތަކުން ދަރިފުޅަށް ވަރަށް ގިނަ ކަންތައްތައް އެނގިގެން ދާދިޔުން އެއީ އަޅުގަނޑު ވަރަށް އުފާކުރާކަމެކެވެ. މި އޮންލައިން ކްލާސްތަކުން ދަރިފުޅަށް އިތުރު ހުނަރުތަކެއް ލިބިގެންދާކަންވެސް ފާހަގަކުރެވެއެވެ "

17th May 2020

"އަޅުގަނޑު ދެކޭގޮތުގައި އޮންލައިން ކްލާސްތަކުންވެސް ކުދިންނަށް ކުރިއެރުން ލިބެއެވެ. އެއީ ފިލާވަޅާ ބެހޭގޮތުން ކުދިންނަށް ދީފައިވާ ވީޑިއޯތަކުންވެސް ކުދިންނަށް ވަރަށް ގިނަ މައުލޫމާތު ލިބެއެވެ. އަދި އިނގިރޭސި ދަސްކުރަންދޭ ގިން ބަސްތަކުން އެކުދިން އަމިއްލަ އަށް ބަސްތަކުގެ މާނަ ޑިކްޝަނަރީ އިން ހޯދުމަށް މަސައްކަތް ކުރެއެވެ. އެހެންކަމުން އެކުދިންނަށް ފައިދާ ކުރެއެވެ. އަދި އީ.އެލް.ސީ އިމްތިހާނުތަކަށްވެސް އަމިއްލައަށް ވަގުތު ހޯދައިގެން ދަސްކުރަން މަސައްކަތް ކުރެއެވެ. ގޭގައި ލޮކްޑައުން ވެގެން ތިބޭއިރުގައި އެއްވެސް ވަރަކަށް ކިޔަވައި ނުދެވެ ތަނުގައި އީ.އެލް.ސީ އިން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަމެވެ."

17th May 2020

"Dharivaruge ELC Online Claah in kuri erun libey kama faahaga kurevey. 1. Mihaaru dharivaru amilla ah ves online clahun dheefa hunna Assignment tha bala amilla ah works hadhaafa submit kuran engey. 2. Works hadhaafa teacher's comment ah wait kurey. expect kurey ragalhuvaane kama. So confident libey kuriya dhaan. 3. Works nimman amilla ah gina vaguthu heydha kurey. ithuru assignment eh upload kureytho ves amilla ah bala. 4. Online exam onna dhuvahe viyya varah boda ready vey exam ah. Difficulties: 1. Assignment gothuga Upload kurumah dheefa hunna Vedio tha uplod kurumuge dhathithaka kurimathi laanjehey. mihaaru ves eyge 1 Assignment Submit nukurevi miss vefa ebain. Vedio hama ekani upload nukurevenee."

17th May 2020

"ކުދިން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަމުން ދަނީ އަމިއްލަ އަށް އިން ޓަނެޓުން މަޢުލޫމާތު ހޯދައިގެން ޓީޗަރު ދެއްވާ އިރުޝާދު ގެ ދަށުން ނެވެ. ވުމާއެކު މީގެ ސަބަބުން ކުދިން ކިޔެވުމަށް ޝައުޤުވެރިކަން އިތުރުވެ ކިޔެވުމުގެ ޒިންމާ ނަގަން ދަސް ކޮށް ދެވޭ. އަދި ކޮންމެ ފިލާވަޅެއް ހަވާލު ކުރުމަށް ފަހު ޓީޗަރު ގެ ފީޑްބެކް ލިބޭ ތީ ކުދިންނަށް ހެދޭ ކުށް ފާހަގަ ވެ އެވެ އަދި އިތުރު ދަސްކުރަން ހިތްވަރު ލިބޭ"

17th May 2020

"Dharivaru elc online claahun ungeni kuri erun libea eave. Kiyavadhey filaavalhutha kuruvefa 'faseehavefa'bunanbeynun vaaeachea varah faseyhain kuddhinnah nagaiganeaveygotha hunnnakan faahanga veehave. FILAAVALHAA beyheagothun fonuvaa kuda video kolhuge sababun kudhin kiyeavumuge ithuru shauguverikan annakanfaanhaga vegen dhea. Dheavey filaavalhuthakun madun suvaal tha hurumakeeeves kudhin varah shaug verikamaaekeee filaavalhu ninmaalan beynun vaakameah. Kudhin amikkah eecord kuran furusathu dheefa poem eachihi record kohfa fonuvan bunumun varah intrestaa ekee kudhin recording ves nagamundhea. Adhi dheavey fulhaavalhu tha claasroom ah turn in kohlumahfahun teacher mark koh correction handha dhinumakeee dhuruga huregen ves kuddhunna teacharaa connect vefa inkamuge varugadha nisshanekea. **Proud of ELC**"

17th May 2020

"އާނއެކެވެ. ކޮންމެ މާއްދާއަކުންވެސް ދެވޭ ފިލާވަޅުތަކުން އަޅުގަނޑުގެ ދަރިފުޅު ވަރަށް ގިނަ ކަންތައްތައް ދަސްކުރާކަން އަޅުގަނޑު ނުހަނު އުފަލާއި އެކީ ފާހަގަކުރަމެވެ. މިހާރު އިނގިރޭސި ބަހުން އެކިއެކި އާ ބަސްތައް ދަސްކޮށް އެ ބަސްތައް ޖުމްލަތަކުގައި ބޭނުންކުރަން ދަރިފުޅަށް އެނގެއެވެ. ބަސްތައް ކިޔުމާއި އިނގިރޭސިބަހުން ވާހަކަ ދެއްކުން އެތައް ގުނައެއް ރަނގަޅުކޮށްފިކަން ވެސް ވަރަށް ބޮޑަށް ފާހަގަވެއެވެ. ސައިންސްގެ މާއްދާއިންވެސް ތިމާވެއްޓާއި ބެހޭ ގިނަގުނަ މުހިއްމު މައުލޫމާތު ދަސްކޮށްފި ކަންވެސް އަޅުގަނޑު ފާހަގަކޮށްލަމެވެ. ހިސާބު މާއްދާއިން ކޮންމެހެން އެނގެންޖެހޭ ބައިތައްވެސް މިހާރު އެނގެއެވެ. އަދި ކުރެހުމުގެ ހުނަރުވެސް ވަރަށް ބޮޑުތަނުން ރަނގަޅުވެފައި ވާކަން ފާހަގަކޮށްލަމެވެ."

17th May 2020

"ކުރިއެރުންލިބޭ ..ހަވާލުރާ މަސައްކަތް ތަކުން ކުއްޖާއަް ކިޔުމާއި ލިޔުމުގެ ހުނަރު ވަނީ ވަރައް ބޮޑަށް ކުރިއެރުން ލިބިފައެވެ...އަމިއްލައަށް ވާހަކަ ކިއުމުގެ ހުނަރު ވަރަށް ފާހަގަ ކޮއްލެވެއެވެ.. "